|
Article in other languages:
|
ކިންގްޑަމް އޮފް މޮރޮކޯ ނުވަތަ މަޣުރިބަކީ އުތުރު އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.
އަވަސް ކަޅިއަކުން ބަލައިލުމެއްމަޣުރިބުގެ ރަސްމީ ބަހަކީ ޢަރަބިބަހެވެ. އިނގިރޭސި ބަހުން މަޣުރިބުގެ މީހުންނަށް ކިޔަނީ މޮރޮކަންސްއެވެ. މަޣުރިބުގެ ދެވަނަ ބަހަކީ ފަރަންސޭސި ބަހެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކަސަބްލަންކާއެވެ. މަޣުރިބުގެ ވެރިރަށަކީ ރަބާޠެވެ. މަޣުރިބަކީ ދުސްތޫރީ ރަސްކަމެކެވެ. ޤައުމުގެ އާބާދީއަކީ 31 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 38 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ma. އެވެ. ކޯލިން ކޯޑަކީ +212 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ މޮރޮކަން ދިރްހަމެވެ. ނަންމަޣުރިބަށް ޢަރަބި ބަހުން ކިޔަނީ މަމްލަކަތުލް މަޣްރިބިއްޔާއެވެ. މީގެ މާނައަކީ ހުޅަނގުގެ ރަސްކަމެވެ. އަލްމަޣުރިބުގެ މާނައަކީ ހުޅަނގެވެ. ކުރިން ޢަރަބި ދަތުރުވެރިން މިތަނަށް ކިޔައި އުޅެނީ އަލްމަޣްރިބުލްއަޤްޞާ އެވެ. މީގެ މާނައަކީ އެންމެ ދުރުގައިވާ ހުޅަނގެވެ. އަލްމަޣްރިބުލްއަޥްސަޠު އަކީ ޖަޒާއިރެވެ. މީގެ މާނައަކީ މެދު ހުޅަނގެވެ. އަލްމަޣްރިބުލް އަދްނާ އަކީ ތޫނިސްއެވެ. މީގެ މާނައަކީ ކައިރި ހުޅަނގެވެ. އިނގިރޭސި ބަހުން މަޣްރިބަށް ކިޔާ ނަން ކަމުގައިވާ މޮރޮކޯގެ ނަން ނެގިފައިވަނީ މުރާކިޝް މިނަމުންނެވެ. ފާރިސީ ބަހުން މަޣުރިބަށް ކިޔަނީ މަރާކިޝްއެވެ. ތުރުކީން ކިޔަނީ ފާސްއެވެ. “މުރާކިޝް” މިބަހުގެ އަޞްލަކީ ބަރްބަރީ ބަހުން މި ބިމަށް ކިޔާފައިވާ ނަން ކަމުގައިވާ މުރްއާކުޝް މި ނަމުންނެވެ. މީގެ މާނައަކީ އިލާހު ގެ ބިމެވެ. ކުރީ ޒަމާނުގައި މަޣުރިބަށް މުރިޓާނިޔާއޭ ވެސް ކިޔާފައިވެއެވެ. އެއީ މިހާރު މި އޮންނަ މުރިޓާނިޔާއެއް ނޫނެވެ. ޖުޣުރާފީމަޣުރިބުގެ އިރުމަތީގައި އޮތީ ޖަޒާއިރެވެ. އުތުރުގައި އޮތީ ސްޕެއިނެވެ. ދެކުނުގައި އޮތީ ވެސްޓަރން ސަހަރާއެވެ. ތާރީޚުމަޣުރިބުގެ ތާރީޚަށް ބަލާއިރު ޢީސާގެފާނުގެ މީލާދުގެ 8000 އަހަރު ކުރީން ވެސް އެ ޤައުމުގެ ސަރަޙައްދުގައި މީހުން ދިރިއުޅެފައިވާކަން އެނގެއެވެ. ރޯމަނުންގެ ވެރިކަން ވެސް މަޣުރިބުގެ މައްޗަށް ހިނގާފައިވެއެވެ. އޭގެ ފަހުން އިރުމަތީގެ ރޯމަން އެމްޕަޔަރ ނުވަތަ ބައިޒަންޓައިން އެމްޕަޔަރގެ ވެރިކަން ވެސް ހިނގާފައިވެއެވެ. ދެން މަޣުރިބުގެ ތާރީޚުން ފެންނަން އޮތީ އިސްލާމީ ވެރިކަމުގެ ދުވަސްތަކެވެ. މީލާދީން ހަތްވަނަ ޤަރުނާ ހަމަޔަށް އައި އިރު މުސްލިމުންވަނީ އިސްލާމީ ދައުލަތް ވަރަށް ބޮޑަށް ފުޅާކުރައްވާފައެވެ. މީލާދީން 670 ވަނަ އަހަރުގައި މުސްލިމުންގެ ފާތިޙުން މަޣުރިބާ ހަމަޔަށް އައެވެ. އެއީ އުމަވީ ޚިލާފަތުގެ ތެރޭގައެވެ. އިސްލާމް ދީން ގެނައީ ޢަރަބީން ކަމުގައިވާތީ، މުސްލިމުންނާއެކު ޢަރަބި ސަގާފަތްތައް ވެސް އެމީހުން ވަނީ ގެނެސްފައެވެ. ދުވަސްކޮޅަކުން މަޣުރިބުގައި ފެށުނީ އިދްރީސީންގެ ވެރިކަމެވެ. އެހެން ކަމުން ބަޣުދާދުގައި އޮތް ޢައްބާސީ ޚިލާފަތާއި އަންދަލުސްގައި އޮތް އުމަވީ ވެރިކަމުގެ ދަށުން މަޣުރިބު ނެއްޓިގެންދިޔައެވެ. ފަހުން މަޣުރިބުގައި ވެސް އަންދަލުސްގައި ވެސް ވެރިކަންކުރީ ބަރްބަރީ ނަސްލަށް ނިސްބަތްވާ މުރާބިޠުންނެވެ. ޑެމޮގްރަފިކްސްމަޣުރިބަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. އެއީ މިޞްރާއި، ސޫދާނާއި ޖަޒާއިރަށް ފަހުގައެވެ. މަޣުރިބުގެ އާބާދީގެ 60% އަކީ ބަރުބަރީންނެވެ. ބަރްބަރީން މި ބިމުގައި އުޅެމުންދާތާ 5000 އަހަރުވަނީ ވެފައެވެ. ޖެނެޓިކް ދިރާސާތަކުން ދައްކާ ގޮތުގައި އެފްރިކާގެ ބަންޓޫ ދަރިކޮޅުގެ މީހުންނަށްވުރެ އުތުރު އެފްރިކާގެ މީހުންނާ ގާތީ އިބޭރިޔާ ނުވަތަ ޔޫރަޕުގެ އިސްޕެއިން ހިސާބު މީހުންނާއެވެ. ސަގާފަތުމަޣުރިބަކީ ތަފާތު އެތައް ނަސްލެއްގެ މީހުން އުޅެމުންދާ ތަނަކަށްވުމާއެކު މުއްސަނދި ސަގާފަތަކާއި ޙަޟާރަތެއް އޮތް ތަނެކެވެ. އިޤްތިޞާދުމަޣުރިބުގެ އިޤްތިޞާދަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ އިޤްތިޞާދެކެވެ. މަޣުރިބުގެ އިޤްތިޞާދު ހިނގަމުން ދަނީ “ލޯ އޮފް ޑިމާންޑް އެންޑް ސަޕްލައި” މި ޤާނޫނުގެ ދަށުންނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4362 ޑޮލަރެވެ.
Questions for article: |
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.